ޓްރެފިކަރުންނަށް މަރުގެ އަދަބު: ޑްރަގު ޤާނޫނަށް ގެނައީ ދެން ކޮން ބަދަލެއް؟
ޝެޑިއުލަށާއި، ފަރުވާގެ އޮނިގަނޑަށާއި، އަދަބުތަކަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
ކުށާއި އަދަބު
ލިސްޓްކޮށްފައިވާ މަސްތުވާތަކެތީގެ ތެރެއިން އެއްވެސް ބާވަތެއް އެތެރެކުރުމާއި، އެކަމަށް އެހީތެރިވުމާއި، ވާގިދިނުމުގެ ކުށުގެ އަދަބަކީ ޢުމުރު ދުވަހަށް ޖަލަށް ލުމާއި 100،000 އާއި 1 މިލިޔަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމެވެ.
ލިސްޓުކޮށްފައިނުވާ، އެހެން މަސްތުވާތަކެތީގެ ބާވަތެއް އެތެރެކުރުމާއި، އެކަމަށް އެހީތެރިވުމާއި، ވާގިދިނުމުގެ ކުށުގެ އަދަބަކީ 20 އަހަރު ދުވަހަށް ޖަލަށް ލުމާއެކު، 75،000 އާއި 750،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމެވެ. ކުރިން މިކުށުގެ ޖަލު ޙުކުމަކީ 18 އަހަރެވެ.
ބޭސް ސިޓީއަކާ ނުލައި ނުވަތަ ހުއްދަ ދެވިފައިވާ ޢަދަދަށްވުރެ ގިނައިން ޝެޑިއުލް 2 ގެ ބޭހެއް (މެޑިކަލް ޔުޓިލިޓީގެ ކޮންޓްރޯލް ކުރެވިފައިވާ މާއްދާތައް) ގެންގުޅުމުގެ ކުށުގެ އަދަބަކީ 3 އަހަރާއި 15 އަހަރާ ދެމެދަށް ޖަލަށް ލުމާއި، 100،000 އާއި 1 މިލިޔަން ރުފިޔާއާ މެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމެވެ.
ހުއްދަ ނެތި ޝެޑިއުލް 2 ގެ ބޭހެއް ގެންގުޅޭ ނުވަތަ ވިއްކި ފާމަސީއެއް (ބޭސްފިހާރައެއް) ނަމަ މިޤާނޫނުގެ ދަށުން ކުށްވެރިވާނެއެވެ. މި ކުށުގެ އަދަބަކީ 7 އަހަރާއި 11 އަހަރާ ދެމެދުގެ ޖަލު ހުކުމަކާއި އެކު 35،000 އާއި 750،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމެވެ.
ޝެޑިއުލް 3 ގައި ބުނާ ޕްރިކަސަރ މާއްދާއެއް (މަސްތުވާތަކެތި އުފެއްދުމުގައި ބޭނުންކުރާ މާއްދާތައް) އުފެއްދުމާއި، ގެންގުޅުމާއި، ފޯރުކޮށްދިނުމާއި، ޑެލިވަރކުރުމާއި، އެތެރެކުރުމާއި، އެކްސްޕޯޓް ކުރުމުގެ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ޙުކުމެކެވެ. ކުރިން މިކުށުގެ އަދަބަކީ 3 އަހަރާއި 5އަހަރާ ދެމެދަށް ޖަލަށް ލުމެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް (”ޑްރަގް ކެފޭ” ނުވަތަ ޑެން ތަކުގައި) ފޯރުކޮށްދިނުމުގެ ކުށުގެ އަދަބަކީ 5 އަހަރަށް ޖަލަށްލުމާއި 50،000 އާއި 100،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމެވެ. މީގެ ތެރޭގައި މަސްތުވާތަކެތި، އަދި މަސްތުވާތަކެތި އިސްތިޢުމާލުކުރާން ބޭނުންކުރާ އާލާތްތަކާއި ތަކެތި ފޯރުކޮށްދިނުން ހިމެނެއެވެ.
މަސްތުވާތަކެތީގެ ބޭނުން ކުރުމަށް ހުއްދަ ދޭ ވެރިފަރާތެއް، ކުއްޔަށް ހިފާ ފަރާތެއް، ބެލެހެއްޓުންތެރިއަކު ނަމަވެސް، 10 އަހަރަށް ޖަލަށް ލުމާއި 100،000 އާއި 200،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމަށް ބޭނުންވާ ތަނާއި ޖާގަ ހަމަޖައްސައި، ފޯރުކޮށްދިނުމުގެ ކުށުގެ އަދަބަކީ 20 އަހަރަށް ޖަލަށް ލުމާއި 200،000 އާއި 1 މިލިޔަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމެވެ.
މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމަށް ތަން ބޭނުން ކުރުމުގެ ހުއްދަ ދޭ މުދަލެއްގެ ވެރިފަރާތެއް، ކުއްޔަށް ހިފާ ފަރާތެއް ނުވަތަ ތަނުގެ ބެލެހެއްޓުންތެރިއަކު ނަމަވެސް، 15 އަހަރަށް ޖަލަށް ލުމާއި 200،000 އާއި 1 މިލިޔަން ރުފިޔާގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސް ކުރުމުގެ ކުށުގެ އަދަބީ 20 އަހަރަށް ޖަލަށް ލުމާއި އެކު 200،000 އާއި 1 މިލިޔަން ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.
ސަލާމަތީ ޚިދުމަތްތަކުގެ (ފުލުހުންނާއި ޢަސްކަރިއްޔާ) ގެ އެއްވެސް މުވައްޒަފަކު
ޑްރަގް ކޯޓުގެ ފަނޑިޔާރުންނާއި ކޯޓު އޮފިސަރުންނާއި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލުންނާއި ޑްރަގް ރިހެބިލިޓޭޝަންގައި ޙަރަކާތްތެރިވާ މުވައްޒަފުންނާއި މަސްތުވާތަކެތީގެ ޤާނޫނުގެ ދަށުން ޒިންމާއެއް/މަސްއޫލިއްޔަތެއް/ދައުރެއް އޮންނަ އޮފީހެއްގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު
އޯގަނައިޒްޑް ކްރައިމް ގްރޫޕެއްގެ މެމްބަރެއް (ކުރިން މާނަކުރެވުނީ ގޭންގް މެމްބަރުންގެ ގޮތުގައި)
ޝެޑިއުލް 4
ޑްރަގް ކައުންސިލާއި ކޯޓު
މަސްތުވާތަކެތީގެ ކުށުގެ ތުހުމަތުގައި ތިއްބަސް، ޖިންސީ ކުށުގެ ދަޢުވާއެއް އުފުލިފައިވާނަމަ، ޑްރަގް ކޯޓުގެ އިޙްތިޞާޞްގެ ދަށަށް އެމީހަކު ނުވަންނާނެއެވެ.
ފަނޑިޔާރުންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތަޖުރިބާ ލިބިފައިވާން ޖެހޭނެއެވެ.
ފަނޑިޔާރުން މައްސަލަތައް ފުނި ނުޖެހޭ (ބެކްލޮގް) ގޮތަށް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސް ކުރަން ޖެހޭނެއެވެ.
ރިހެބިލިޓޭޝަން ޢަމުރުތައް ކޯޓުން ގާތުން ބަލައި، ރިހެބިލިޓޭޝަން ތަންފީޛުކުރުމާ ގުޅޭ ޢަމުރުތައް ނެރެމުން ދާން ވާނެއެވެ.
ކޮމިއުނިޓީ ބޭސްޑް ސްކްރީނިންގ، ރިފަރަލް އަދި ކެއާރ ހިމެނޭ ގޮތަށް ކައުންސެލިންގ އަދި ހޯމް ބޭސްޑް ކެއާރ (ގޭގައި ދެވޭ ފަރުވާ)
ނޮން ރެސިޑެންޝަލް ޓްރީޓްމަންޓާއި (ތަނުގައި އެޑްމިޓުނުވެ ދެވޭ ފަރުވާ) ރިހެބިލިޓޭޝަންގެ ތެރޭގައި ޞިއްޙީ މަރުކަޒުތަކާއި ޑްރަގްގެ ފަރުވާއަށް ޚާއްޞަ ފެސިލިޓީތަކުންވެސް އެޑްމިޓުނުވެ ފަރުވާ ދެވޭގޮތް ހަމަޖެއްސުން
ސްކްރީނިންގ ޚިދުމަތް، ޑިޓޮކްސިފިކޭޝަން، މަސްތުވާތަކެތީގެ ޑިޕެންޑެންސީ (ދެވިހިފުމުގެ) ފަރުވާ، ކައުންސެލިންގ، ރިހެބިލިޓޭޝަން އަދި ގުޅުންހުރި ޞިއްޙީ ޚިދުމަތްތައް
ރެޒިޑެންޝަލް ޓްރީޓްމަންޓާއި (އެޑްމިޓުކޮށްގެން ދޭ ފަރުވާ) ރިހެބިލިޓޭޝަން ސްކްރީނިންގ، ޑިޓޮކްސިފިކޭޝަން، ޑިޕެންޑެންސީ ޓްރީޓްމަންޓް، ކައުންސެލިންގ، ރިހެބިލިޓޭޝަން އަދި ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްޞަ ފެސިލިޓީތަކުގައި އިންޕޭޝަންޓް (އެޑްމިޓުކޮށްގެން ދޭ ފަރުވާގެ) ޚިދުމަތްތައް ފޯރުކޮށްދިނުން. (ކުރިން ފަރުވާ ދިނުން ކުރުގެޅިފައިވަނީ އިންސްޓިޓިއުޝަނަލައިޒްޑް (އެޑްމިޓުކޮށްގެން ނުވަތަ ބަންދުކޮށްގެން ދޭ) ފަރުވާއަށެވެ؛ ޑިޓޮކްސް ސެންޓަރުތަކާއި، ޓްރީޓްމަންޓް އަދި ރިހެބް ސެންޓަރުތަކުގައި، އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ސެންޓަރުތަކާއި، ހާފްވޭ ހައުސްތަކާއި، ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު ތަކުގައެވެ.)
ޑިޕެންޑެންސީ ސްކްރީނިންގ އާއި އެސެސްމަންޓް ހެދުން
ޑިޓޮކްސިފިކޭޝަން
ޑިޕެންޑެންސީ ފަރުވާ
ރިހެބިލިޓޭޝަން އަދި ރީއިންޓެގްރޭޝަން (އަލުން މުޖުތަމަޢާ ގުޅުން)
ޑިޕެންޑެންސީ ފަރުވާއަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން
ނަފްސާނީ ޚިދުމަތްތައް
ޤާނޫނު ތަންފީޛުކުރުމުގެ ބާރާއި އިޚްތިޔާރުތައް
ރާއްޖެ އެތެރެ ވާ އަދި ބޭރަށް ދަތުރުކުރާ އުޅަނދުފަހަރުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ނުވަތަ ޤާނޫނުގައިވާ ބަޔާންކުރާ ކުށެއް ހިންގަމުންދާކަމަށް ސަބަބުވެރި ގޮތެއްގައި ޤަބޫލުކުރެވޭ ވަރަށް ހެކި ހުރިނަމަ އެ އުޅަނދުފަހަރަށް އަރައި، ބަލައި އިންސްޕެކްޓްކުރުން
އުޅަނދުފަހަރު އިންސްޕެކްޓް ކުރުން
ބޯޓުގައި ތިބި މީހުންނަށް އައިޑެންޓިފިކޭޝަން ޑޮކިއުމަންޓް ދައްކާން ޢަމުރުކުރުން
ބޯޓުގައި ތިބި މީހުންނާ ސުވާލުކޮށް، ހަށިގަނޑު ބަލައި، އެމީހުންގެ ސާމްޕަލް ނެގުން
ހެކި ހޯދުމާއި ހިފެހެއްޓުން
ޝައްކު ކުރެވޭ މީހުން ބަންދުކުރުން
އުޅަނދު ޓޯވްކުރުން
މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
ގުޅުންހުރި ޓެގްސް
އިތުރު ލިޔުންތައް

27 ނޮވެމްބަރު

02 ނޮވެމްބަރު

30 އޮކްޓޯބަރު

