"ހުތުރު" މޫދުވިނަ އަކީ އަތޮޅުތައް ދެމިއޮތުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ
މޫދުވިނައަކީ ރަށްތައް އުފައްދައި، މުރަކަ ފަރުތައް ހިމާޔަތްކޮށް، ކާބަން ރައްކާކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެހެންނަމަވެސް، މޫދު ރީތިކުރުމަށްޓަކައި މި ވިނަތައް ދަނީ ނަގަމުންނެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
ވެލި އުފެއްދުން
މުރަކަ ހިމާޔަތްކުރުން
ބަޔޯޑައިވާސިޓީގެ ދައުރު
ބްލޫ ކާބަން ސްޓޯރޭޖް
ކުރިއަށް އެޅޭނެ ފިޔަވަޅުތައް
މޫދުވިނައާ ގުޅުންހުރި ސިޔާސަތުތަކުގެ އަސަރު ހުރި މިންވަރު ދެނެގަނެ، އެޅޭނެ ފިޔަވަޅުތައް އެކުލަވައިލާނެ ޕޮލިސީ އެކްސްޕާޓް ގްރޫޕެއް އުފެއްދުން: މީގެ ތެރޭގައި މޫދުވިނަ އިއާދަކުރުން މެރިން ކޮންސްޓްރަކްޝަން ޕްލޭންތަކުގެ ތެރޭގައި ހިމެނުމާއި، މިފަދަ ޕްރޮޖެކްޓްތަކުގެ ސަބަބުން މުހިއްމު ސެޑިމެންޓް ޓްރާންސްޕޯޓް ޕާތުވޭތަކަށް ބުރޫނާރާނެ ކަން ކަށަވަރުކުރުން ހިމެނެއެވެ.
ވަކިވަކިވުން މަދުކުރުމަށާއި، މޫދުވިނައިގެ ވަކިވެފައިވާ ވަޒަންތައް އަލުން ގުޅާލުމަށާއި، ގެއްލުނު ނުވަތަ ހަލާކުވެފައިވާ މޫދުވިނައިގެ މެޑޯތައް އަލުން ހޯދުމަށްޓަކައި އެކްޓިވް ރިސްޓޯރޭޝަން މަސައްކަތްތައް ހިންގުން.
ޖެނެޓިކް ޑައިވަރސިޓީ އިތުރުކޮށް، ހާއްސަކޮށް މަތިވަމުންދާ ފިނިހޫނުމިނަށް ރެސިސްޓެންޓް މޫދުވިނައިގެ ޖީންތައް އާލާކުރުމަށްޓަކައި އެސިސްޓެޑް މައިގްރޭޝަންގެ ޕްރޮގްރާމްތައް ހިންގުން.
މޫދުވިނައިގެ މުހިންމުކަން ދެނެގަތުމަށް މުޖުތަމައު ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުން
މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
ގުޅުންހުރި ޓެގްސް
އިތުރު ލިޔުންތައް

27 ނޮވެމްބަރު

02 ނޮވެމްބަރު

30 އޮކްޓޯބަރު

