ލީކުވާކަން އެނގޭއިރު، އަޅާނުލައި ތިއްބާ ފުވައްމުލަކުގެ ފެން ސަޕްލައި އެއްކޮަށް ހުއްޓުމަކަށް
2020 ފެށިގެންވެސް ލީކުވާކަން އެނގެއެވެ. ފިޔަވަޅު އަޅާފައި ނެތީއެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
ފުނޑޭގޮތަށް ހަދާފައި
ތަޣައްޔަރުވުމުގެ އަގު
ހަލާކުވެފައިވާ ފެން ޕްލާންޓުގެ ފުރިހަމަ އޮޕަރޭޝަނަލް ކެޕޭސިޓީއާ ހަމައަށް މަރާމާތުކުރުން
ހަލާކުވެފައިވާ ބޯހޯލް ރިސްޓޯރކޮށް ކޮމިޝަންކުރުން (ބޯ ހޯލްސް އަކީ ޑީސެލިނޭޝަން އަށް ކަނޑުގެ ފެން ޕަމްޕް ކުރުމަށް ގާތްގަނޑަކަށް 30 މީޓަރުގެ އަޑިއަށް ކޮނެގެން ލާ ހޮޅިއެކެވެ. ކޮންމެ ރަށެއްގައިވެސް މިކަމަށް 2 ބޯހޯލް ބޭނުންވެއެވެ.)
ހަލާކުވެފައިވާ ފެން ރައްކާކުރާ ޓޭންކް މަރާމާތުކޮށް ބޭނުންކުރެވޭ ފެންވަރަށް ގެނައުން.
ފެނުގެ ނެޓްވޯރކްގެ ތެރޭގައި ލީކުވާ ހުރިހާ ތަނެއް ދެނެގަނެ، މަރާމާތުކުރުމަށް އެސެސްމަންޓެއް ހެދުން.
ކްރޮސް ކަނެކްޝަން ކޮށްފައިވާ ގޭބިސީތައް ދެނެގަނެ އެކަން ރަނގަޅުކުރުން (ކްރޮސް ކަނެކްޝަން އުފެދެނީ ގޭބިސީތަކުން ހޮޅި ނެޓްވޯރކަށް ބިމުން ފެން ނަގާ ހޮޅި ގުޅުމުންނެވެ. މިކަމުގެ ސަބަބުން މައި ނެޓްވޯރކަށް ބިމުގެ ފެން ލީކުވެދާނެއެވެ.)
ފުވައްމުލަކު ރައްޔިތުންނަށް ފޯރުކޮށްދޭ ފެން އޮތޯރިޓީން ކަނޑައަޅާފައިވާ ކޮލިޓީ ގައިޑްލައިންތަކާ އެއްގޮތަށް ޓެސްޓްކުރެވޭނެކަން ކަށަވަރު ކުރުން.
އާބާދީގެ ޑިމާންޑާ އެއްވަރަށް ފެން އުފައްދާ މިންވަރު އިތުރުކުރާން ޕްރޮޕޯސަލް އަދި ތަންފީޛުކުރެވޭނެ ވޯކްޕްލޭނެއް ތައްޔާރުކުރުން.


