ސަރުކާރުގެ އައު ފިޔަވަޅުތަކާއެކުވެސް، ރާއްޖޭގައި ބޭސް ލިބުންވަނީ ދަތިވެފައި
ބަލިމީހުންގެ ތެރެއިން ބޭސްސިޓީގައިވާ ހުރިހާ ބޭހެއް ލިބެނީ އެންމެ 40 އިންސައްތަ މީހުންނަށް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
11 ޖޫން
މިދިޔަ ހަފްތާގައި ކުޅުދުއްފުށީގައި ބާއްވާފައިވާ އީދު ކުޅިވަރުގެ ތެރެއިން، މަލާމާތްކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ފާމަސީ ފްލޯޓުތަކުގައި ހުރި ކުރުނބާ ފެނާއި ޅެން ފޮތްތައްވެގެންދިޔައީ އެންމެންނަށްވެސް ވަރަށް މަޖާވިކަމަކަށެވެ. އެހެންނަމަވެސް، މި ފްލޯޓުން ދައްކުވައިދިނީ މިހާރު ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއްގެ ހަގީގަތެވެ.
މާލޭގައި ހުންނަ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަންގެ ފާމަސީގެ ބޭރުގައި ހަދާފައިވާ ދިގު ކިއުއިން މިކަމުގެ ހަގީގަށް ފެނިގެންދެއެވެ. މިތަނުގައި ބަލިމީހުން އެކަކު އަނެކަކަށް ދިމާވެފައިވާ ބޭސް ހޯދުމުގެ ދަތިތަކުގެ ވާހަކަތައް ހިއްސާކުރިއެވެ. ބައެއް މީހުންނަށް ބޭސްސިޓީގައި ލިޔެފައިވާ ބޭސްތަކުގެ ތެރެއިން އެއްބައި ބޭސް ލިބިފައިވީނަމަވެސް، އަނެއްބައި މީހުން އެތަނުން ދާން ޖެހުނީ ބޭސްސިޓީގައިވާ އެއްވެސް ބޭހެއް ނުލިބިއެވެ.
ހެންވެއިރުގައި ހުރި އެސްޓީއޯ ފާމަސީއިން ނިކުތް 25 ބަލި މީހުން ނުވަތަ ބަލި މީހުންގެ އާއިލާގެ މެމްބަރުންނާއި މޯލްޑިވްސް އިންޑިޕެންޑެންޓުން ވާހަކަ ދައްކައިލީމެވެ. ވެރިކަންކުރާ ރަށުގައި ސަރުކާރުން ހިންގާ މައި ފާމަސީއިން، ބޭސްސިޓީގައި ލިޔެފައިވާ ހުރިހާ ބޭހެއް ލިބުނީ މީގެ ތެރެއިން އެންމެ 10 މީހުންނަށެވެ.
ބާކީ ތިބި މީހުންނަށް، އެންމެ މަދުވެގެން 2 ބޭސް ލިބިފައިނުވެއެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ދެވޭ ދިޔާ ޕެނެޑޯލް ބޭހާއި، އެސިޑް ރިފްލަކްސް ބޭހާއި، ހަކުރު ބައްޔާއި ހިތުގެ ބަލިފަދަ ބަލިތަކަށް ދިގު މުއްދަތަކަށް ކާން ޖެހޭ ބޭސްފަދަ ގިނައިން ބޭނުންކުރާ ބޭސްތައް ހިމެނެއެވެ.
ބޭސް ލިބުމުގެ ދަތިތަކާ ގުޅިގެން އާންމުންގެ ސުވާލުތަކާއި، ޝަކުވާތައް މީސް މީޑިއާގައި ވަނީ ގިނަވެފައެވެ. "މިވަގުތު މިހިރީ އެސްޓީއޯ ބޭސްފިހާރައިގެ ކިއުގައި. އަޅުގަނޑަށް ވުރެ ކުރީގައި ތިބި އެއްވެސް މީހަކަށް ބޭސްސިޓީގައި ހުރި ހުރިހާ ބޭހެއްލިބިފައިނުވޭ،" މީހަކު އެކްސްގައި ހިއްސާކުރިއެވެ. "ކޮންތާކުންތަ މި ބޭސް ލިބޭނީ؟ އާރަށުންތަ ނުވަތަ މުލިއާގެއިންތަ؟" ރައީސްގެ ގެކޮޅާއި، ރައީސްއާއި އާއިލާ ޗުއްޓީއަށް ދިއުމަށް ހަމަޖެހިފައިވާ ރަށަށް އިޝާރާތްކުރަމުން މީހަކު ޕޯސްޓް ކޮށްފައިވެއެވެ.
ފެބުރުއަރީގައި މޯލްޑިވްސް އިންޑިޕެންޑެންޓުން ހޯދާފައިވާ މައުލޫމާތުގެ އަލީގައި، 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ބޭހުގެ ދަތިކަމަށް މަގުފަހިކުރުވި ސަބަބުތަކެއް ވަނީ ދެނެގަނެވިފައެވެ. މިގޮތުން، ހެލްތް އިންޝުއަރެންސްގެ ގޮތުގައި މިލިއަނުން ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ބޭސް އެތެރެކުރާ ފަރާތްތަކަށް ބޭސް ގަނެވޭނެ ގޮތެއް ނެތިފައިވާކަމާއި، އަގުތަކާ ބެހޭގޮތުން ތަންފީޒުކޮށްފައިވާ އައު އުސޫލުތަކުގެ ސަބަބުން ބައެއް ބޭސްތައް ގެނައުމުން ލިބޭ ފައިދާ ގެއްލިފައިވުމުގެ އިތުރުން، ރާއްޖޭގެ ކުޑަ ބާޒާރަށް ބޭސް އެތެރެކުރުން ދަތިކޮށްފައިވާ އައު އުސޫލުތައް ފާހަގަކޮށްލެވެއެވެ.
ފުރާނަ ސަލާމާތްކުރަން ބޭނުންވާ ބޭސްފަރުވާ ލިބުން ވަރަށް ބޮޑަށް ދަތިވެފައިވުމުގެ ސަބަބުން، އެއިރު ބަލިމީހުންގެ އާއިލާތަކުންވަނީ ބޭރުގައި ތިބި މީހުންގެ އެހީއަށް އެދިފައެވެ. އެއިރާ އަޅާބަލާއިރު މިހާރު މި ހާލަތު ވަނީ ރަނގަޅުވެފައެވެ. އެހެންނަމަވެސް، ޑޮކްޓަރުން މޯލްޑިވްސް އިންޑިޕެންޑެންޓަށް މަޢުލޫމާތު ދީފައިވާ ގޮތުގައި ބައެއް ބޭސް ހޯދުމަށް ބަލިމީހުންނަށް އަދިވެސް ދަތިތަކާ ކުރިމަތިލާންޖެހެއެވެ.
"އަޅުގަނޑު ދެކޭގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި، 2024 ވަނަ އަހަރުގެ ފަހުކޮޅާ އަޅާބަލާއިރު މިހާރުގެ ހާލާތް ރަނގަޅު. އެންމެ އަސާސީ ބޭސް މިހާރު ލިބޭ. އެހެންނަމަވެސް، ކޮވިޑް 19ގެ ކުރިން އަދި އެއިރު އަޅާފައިވާ ހާއްސަ ފިޔަވަޅުތައް އުވާލެވުނު އިރު އޮތް ހާލަތައް އަދިވެސް ރުޖޫއަނުވެވޭ،" އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އެމަރޖެންސީ ރޫމްގައި މަސައްކަތްކުރާ ފަރާތަކުން ބުނެފައިވެއެވެ.
ސިއްހީ ދާއިރާގެ މާހިރުން ދެކޭގޮތުގައި، ކޮވިޑް 19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއި ބޯޑާތައް ބަންދުވުމާ ގުޅިގެން ކުރިމަތިވި ބޭސް ލިބުމުގެ ދަތިކަން، 2021 ވަނަ އަހަރާ ހަމައަށް ވަނީ ހައްލުކުރެވިފައެވެ.
މާފިއާ ގޮތަށް އޮޕަރޭޓްކުރާ ބޭސްފިހާރަތައް
މި ދަތިކަން ކުރިމަތިވެފައިވަނީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންކަން އެނގެންއޮތްނަމަވެސް، އަދި މިކަންތައްތައް ރަނގަޅުކުރުމަށް އަޅާނެ ފިޔަވަޅުތައް އިއުލާންކުރެވިފައިވީނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދަނީ މިދަތިތައް ކުރިމަތިވެފައިވަނީ "މެޑިކަލް މާފިއާ"ގެ ސަބަބުންކަމަށް ތަކުރާރުކޮށް ދަނަންވަމުންނެވެ.
ޑރ. މުޙައްމަދު މުޢިއްޒު ފެބުރުއަރީ މަހު ވިދާޅުވެފައިވަނީ އަމިއްލަ ފާމަސީތަކުން ބޭސް އެތެރެކުރުން ހުއްޓާލާފައިވަނީ، އާންމުކޮށް ބޭނުންކުރާ 250 ބޭހުގެ އަގު އާސަންދައިގެ ދަށުން ކޮންޓްރޯލްކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށްކަމަށެވެ. "މި ވިޔަފާރިތަކުން ދަނީ 1000 އިންސައްތަ ނުވަތަ 2000 އިންސައްތަ ފައިދާ އާސަންދަ މެދުވެރިކޮށް ރައްޔިތުންގެ ޓެކްސް ފައިސާއިން ހޯދަމުން. މިއީ ވަރަށް ބޮޑު އިސްރާފެއް،" ރައީސް ވިދާޅުވިއެވެ.
ރައީސްވަނީ އެމަނިކްފާނުގެ ޕޮޑްކާސްޓްގައި އާއި، މިދިޔަ މަހު ބޭއްވުނު "މެރެތަން" އެއް ފަދަ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މިވާހަކަ ތަކުރާރުކުރައްވާފައެވެ. އަގު ބޮޑުކޮށް ބޭސް ވިއްކުން ހުއްޓުވުމަށް، ބޭސް ލިސްޓުގައިވާ ހުރިހާ ބޭހެއް އެސްޓީއޯގެ ފަރާތުން އޭޕްރީލް 15ގެ ނިޔަލަށް އެތެރެކުރާނެކަމަށް ރައީސް އިއުލާންކުރެއްވިއެވެ.
އެހެންނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުންޏަށްވަނީ ބޭސް އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެފައެވެ.
"ބޭސް ލިބުން ލަސްވެފައިމިވަނީ، ލިސްޓުގައިވާ ހުރިހާ ބޭހެއް ހޯދުމަށް ބޭނުންވާނެ ކޮންޓެކްޓްސް އެސްޓީއޯގައި ނެތުމުން،" ރައީސް އޮފީހުގެ އޮފިޝަލަކު މޯލްޑިވްސް އިންޑިޕެންޑެންޓަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
މިކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސްވަނީ، ބޭސް ހޯދައި އެތެރެކުރުމަށް ހާއްސަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ހެއްދެވުމުގެ ވިސްނުންވެސް ގެންގުޅުއްވާފައެވެ. އެހެންނަމަވެސް، މިވަގުތު މިކަން ވަނީ މަޑުޖައްސަވާފައިކަމަށް ރައީސް އޮފީހުގެ އޮފިޝަލު މައުލޫމާތު ދެއްވިއެވެ.
ކުދި ފާމަސީތައް ހިންގަމުން އަންނަ ފަރާތްތަކުން ވަނީ މުޅި ރާއްޖެއަށް ބޭނުންވާ ބޭސް އެސްޓީއޯއަށް އެތެރެކުރެވޭނެކަމާ މެދު ޝައްކު އުފައްދާފައެވެ. "އެމީހުން އަތުގައި ގަނޑުކޮށް ވިއްކާނެ މުދަލެއް ނެތް،" މާރިޗު މަހުގެ މުއްދަތަށް އަސާސީ ބޭސް އެތެރެކުރާނެކަމަށް އިއުލާންކުރުމުގެ ފަހުން، ފާމަސީ ހިންގާ މީހެއް ބުނެފައިވެއެވެ. "ކޮންމެ ހަފްތާއަކު އަޅުގަނޑުމެން އެމީހުންނަށް ގުޅަން. އެމީހުން ބުނަމުންދަނީ ގަނޑުކޮށްވިއްކާނެ މުދާ ނެތްކަމަށް،" މާލޭގައި ފާމަސީއެއް ހިންގާ ފަރާތަކުންވަނީ ބުނެފައެވެ.
މިދިޔަ މަހު ސަރުކާރުން ވަނީ އިންޑިއާގެ އެޗްއެޗްއެލް ލައިފްކެއަރ އާ އެކު ބޭސް ހޯދައި އެތެރެކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
"މި އެއްބަސްވުމުގެ ދަށުން، ރާއްޖެއިން ލިބުން ދަތިވެފައިވާ ބޭސްތައް ލިބޭނެ،" އެސްޓީއޯގެ ސްޓޭޓޭމެންޓެއްގައި ބުނެފައިވެއެވެ.
"ރާއްޖެއަށް ކުރިމަތިވެފައިވާ އަސާސީ ބޭހުގެ ދަތިކަމަށް މިހާރު މިވަނީ ވަގުތީ ހައްލެއް ގެނެވިފައި. އެޗްއެލްއެލްއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތްތަނުގައި މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ. މި އެއްބަސްވުމުގެ ދަށުން އެތެރެކުރާ ހުރިހާ ބޭހެއް އެތެރެކުރެވޭނީ ޑަބްލިއުއެޗްއޯގެ އުސޫލުތަކާއި، އެތެރެކުރުމުގެ ގަވާއިދުތަކާއި އެއްގޮތަށް،" މި ސްޓޭޓްމެންޓުގައި ފާހަގަކޮށްފައިވެއެވެ.

