އިންތިޚާބުތަކުން ފާހަގަވާ އެންމެ ބޮޑު މައްސަލައަކީ ސަރުކާރު ކުންފުނިތައް ނަހަމައިން ބޭނުންކުރުން -އީޔޫ-
2024 ގައި އެކަނި 4300 އިތުރު މީހުންނަށް ސަރުކާރު ކުންފުނިތަކުން ވަޒީފާ ދިން.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
އިޞްލާޙްގެ ފުރުޞަތު

އީޔޫއިން ދިން މައިގަނޑު އިޞްލާޙީ ލަފާތައް:
ސިޔާސީ ޙައްޤުތަކާއި، ވޯޓުލުމުގެ މިނިވަންކަމާއި، ވޯޓު ގަތުމުން ޑިމޮކްރަސީއަށް ކުރާ އަސަރަށް ޚާއްޞަ ސަމާލުކަމެއްދީ، ތަޢުލީމީ މުއައްސަސާތައް ހިމެނޭގޮތަށް މުޅި ޤައުމުގައި ފުރިހަމަ އަދި މެދުނުކެނޑި ސިވިކް (މަދަނިއްޔަތު) އަދި ވޯޓުލުމާބެހޭ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް އެކުލަވާ ހިންގުން
ކެމްޕޭންގެ ބޭނުމުގައި ދައުލަތުގެ ވިޔަފާރިތައް ބޭނުންކުރުން ހިމެނޭ ގޮތަށް ޤާނޫނުގައި ފިޔަވަޅުތައް ތަޢާރަފްކޮށް ދައުލަތުގެ ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާ ދެކޮޅަށް މަސައްކަތްކުރުން
ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންގެ ޖަވާބުދާރީވުން އިތުރުކުރުމާއި، ކެމްޕޭން ފައިނޭންސް ރެގިއުލޭޓްކުރާ ޤާނޫނީ އޮނިގަނޑުގައި ހުރި ބާގަނޑުތައް ބެއްދުން
އިންތިޚާބުގެ ތެރޭގައި ވަކި ފަރާތަކަށް ނުޖެހޭ، ހަމަ އަދި ޒިންމާދާރު ނޫސްވެރިކަމަކަށް ބޭނުންވާ ޢިލްމާއި ހުނަރު ހޯދައިދިނުމަށްޓަކައި ނޫސްވެރިންނާއި އެޑިޓަރުންނަށް ތަމްރީނާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ކޯސްތައް ފޯރުކޮށްދިނުން
މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށާއި، ދޮގު މަޢުލޫމާތާ ދެކޮޅަށް މަސައްކަތްކުރުމަށާއި ދޮގު މަޢުލޫމާތު ފެތުރުމުން އިޞްލާޙުތައް ކަށަވަރުކުރުމަށް ރާއްޖޭގެ މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ފެކްޓް ޗެކިންގ ޕްރޮގުރާމުތައް ހިންގާން އެހީ ފޯރުކޮށްދިނުން
ލީޑަރޝިޕްގެ މަޤާމުތަކަށް އަންހެނުން ހޮވޭ މިންވަރު އިތުރުކުރުމަށް ޚާއްޞަ ފިޔަވަޅުތައް ތަޢާރަފްކުރުން
ވޯޓުގެ ޞައްޙަކަން ކަށަވަރުކުރާން ވޯޓުގެ އިދާރީ އަދި ގުނުމުގައި ޝާމިލުވާ މުވައްޒަފުންނަށް ސާފުސީދާ އުޞޫލުތަކާއި، ހަމަތައް އެކަށައަޅައި، ތަންފީޛުކުރުން.

