މާލެ އަތޮޅުގައި މަސް މަރުވުމުގެ ދެހާދިސާއެއް އީއާރްއޭއިން ތަޙްޤީޤުކުރަނީ
މަރުވި ދިރުންތަކުގެ ތެރޭގައި އެކި ބާވަތުގެ މަހުން ފެށިގެން ކަކުންޏާ ހަމައަށް ހިމެނޭ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
19 މެއި
އާދަޔާ ޚިލާފަށް މަސް މަރުވުމުގެ ހާދިސާތަކެއް އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން ތަޙްޤީޤު ކުރަން ފަށައިފިއެވެ. އެއް ހާދިސާ ގުޅިފައިވަނީ ކުޑަވިލިނގިލި ކައިރިިން އޮޔާ ދިޔަ ކްލޮރީން ޓައްޕުތަކަކާ އެވެ. އެއަށްވުރެން ވެސް ގިނަ މަސް މަރުވި ދެވަނަ ހާދިސާއެއް ހިނގީ ފޯ ސީޒަންސް ކުޑަ ހުރާ ކައިރީގައެވެ. ސަބަބެއް ސާފެއް ނުވެއެވެ.
ފޯ ސީޒަންސް ރިޒޯޓު ސަރަޙައްދުގައި މަރުވެފައި އޮއްވާ ފެނުނު ބާވަތްތަކުގެ ތެރޭގައި ރިޒޯޓު ސްޓާފުންނާއި ޑައިވަރުން ނިމިދިޔަ ހަފްތާގައި ޙިއްސާކުރަމުންދިޔަ ވީޑިއޯ އަދި ފޮޓޯތަކުން ފެންނަގޮތުގައި ވެނާއި، ބަތްޕޮޅި މަހާއި، ބޯވަޔާއި، ލަނޑަޔާއި، ކޮއްޔާއި، ތޮޅު ހިމެނެއެވެ. ފޯ ސީޒަންސްއާ ކައިރީގައި އޮތް ގިލި ލަންކަންފުއްޓާއި ސިނަމަން ދޮންވެލި ރިޒޯޓުގެ ފަޅުންވެސް މަސް މަރުވަމުން ދިޔައެވެ. މި ތިން ރަށްވެސް އޮތީ މާލެ އަތޮޅުގެ އިރުމަތީ ބިތުގައެވެ. ހިންމަފުއްޓާއި ގިލި ލަންކަންފުއްޓާ ދެމެދަށް ފެތިފައި އޮތް ބޯޓެއްގެ ދޮށުންވެސް މެއެވެ.
މިއީ މެރިން ބަޔޮލޮޖިސްޓުންނާއި ޑައިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ މަރުވަމުން ތިލަވަމުންދިޔަ މަސްމަހާމެހީގެ ގިނަ ކަމާއި ތަފާތު ކަމެވެ. ސަބަބުތަކުގެ ތެރޭގައި ޝައްކު ކުރެވެނީ އޮކްސިޖަންގެ މިންވަރު ލޮނުގަނޑުގައި މަދުވުމާއި، ހިކި ދިޔައިގައި މާބޮޑަށް ފަޅު ހިކުމާއި، ކެމިކަލެއްގެ އަސަރު ކުނިބުނިން ކުރުމެވެ. ގައިމުކޮށް ބުނަން އެނގޭ މީހަކު ނެތެވެ.
އެންމެ ކަންބޮޑުވަނިވި ރިޕޯޓުތައް އައި ފޯ ސީޒަންސް ކުޑަ ހުރާގެ މަސައްކަތްތެރިންނާއި ހުރާގެ ރައްޔިތުންގެ ތެރެއިން މީހުން މޯލްޑިވްސް އިންޑިޕެންޑެންޓް ގައި ބުނީ މަސްމަރުވެ ފަޅުގައި ތިލަވާން ފެށީ މޭ 5 ގައި ކަމަށެވެ. ތިލަވަމުންދިޔަ މަސްތައް ބާލިދީ ބާލިދީގައި ނަގަމުންދިޔައެވެ. އެތައް ގިނަ ބާވަތެއްގެ ދިރުމެއް ހުއްޓެވެ.
”މެރިން ސެންޓަރަށް ތަޙްލީލުކުރަން އެއިން ބައެއް މަސް ގެންދިޔަ. އީއާރްއޭ އަށް އެންގީ ރިޒޯޓުގެ މެރިން ސެންޓަރުގެ ބަޔޮލޮޖިސްޓުން،“ ފޯ ސީޒަންސްގެ ސްޓާފަކު ކިޔައިދިނެވެ.
ހުރާގެ ދޮށީ ޢުމުރުގެ މީހަކު ބުނީ ”ނިމިދިޔަ ހަފުތާގެ ފޮއެމަތީގައި، އިރުމަތީ ފަރާތު ފަޅު، ދިޔަވަރު ހިނދުނު އިރު މުޅިން ފަޅު ހިކުނު، އަހަރެން ނުދެކެން އެމަންޒަރެއް އެކަމަކު އެކަމުގެ ޚަބަރު އެހިން“ ކަމަށާއި މަސްމަރުވުމުގެ ސަބަބަކީ މިއީ ކަމުގައި ލަފާ ކުރެވޭ ކަމަށާއި ”ހުރާއިން އެއްވެސް މަހެއް މަރެއް ނުވޭ، ރިޒޯޓުގައި މަރުވީ،“ ކަމަށެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓަށް އެނގިފައިވާ ގޮތުގައި، ސިނަމަން ދޮންވެލި އަދި ހިންމަފުއްޓާއި ގިލި ލަންކަންފުއްޓާ ދެމެދު ފެތިފައި އޮތް ބޯޓަކާ ދިމާއިންވެސް މަސް މަރުވުމުގެ ހާދިސާތައް ހިނގިކަން ރިޕޯޓުކޮށްފައި ވެއެވެ.
ހިންމަފުށީގައި ހުންނަ މޯލްޑިވިއަން އެކެޑެމީ އޮފް ޑައިވިންގްގެ ޑައިވް ކޯސް ޑައިރެކްޓަރ އާދަމް އަޝްރަފް ވިދާޅުވީ ނިމިދިޔަ ހަފްތާގައި ފެތިފައި އޮތް ބޯޓު ދޮޑަށް ބަޔަކު ދިޔައިރު އެސަރަޙައްދުގައި މަސް މަރުވެ ތިލަވެފައިވާ ކަން ފާހަގަވެފައިވާ ކަމަށާއި، އެއީ އޮއެވަރު ހުންނަގޮތުން ކުނިބުނި ޖަމާވާ ސަރަޙައްދެއް ކަމަށެވެ. އޭނާ ލަފާކުރާގޮތުގައި އެއީ އެހެން ސަރަޙައްދަކުން މަރުވެގެން އޮޔާއި އެކުގައި އެދިމާލަށް ޖަމާވެފައި ހުރި މަހެވެ.
އަޝްރަފް ވިދާޅުވީ މަސް މަރުވުމުގެ ހާދިސާތައް ހިނގާ ކަމަށާއި، އެކި ފަހަރުމަތިން މިމައްސަލަ ދިމާވެފައި ހުރި ކަމަށެވެ.
އީއާރްއޭ އިންވަނީ މޭ 5 ގައި މަސް މަރުވުމުގެ ހާދިސާތަކެއް ރިޕޯޓުކޮށްފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. އެއޮތޯރިޓީގެ ޑައިރެކްޓަރ ރިފްޢަތު ނަޢީމް ވިދާޅުވީ މަސް މަރުވުމުގެ ދެ ހާދިސާއެއް ބަލަމުންދާ ކަމަށާއި، ފުރަތަމަ ރިޕޯޓުތައް ލިބުނީ ކުޑަވިލިނގިލި ކައިރީގައި އޮޔާދާ ކުނިގަނޑެއް ކައިރީގައި މަސް މަރުވެފައިވާކަމަށް ކަމަށާއި، އެސަރަޙައްދުގައި ހުރީ ފަތާފެންގަނޑު ސާފުކުރާ ކެމިކަލް އެޅި ޓައްޕުތަކެއް ކަމަށެވެ. އެއީ ކްލޮރިން އެކުލެވޭ ކެމިކަލެކެވެ. އެތަކެތި އެޅިގެން، އެސަރަޙައްދުން މަސް މަރުވީއެވެ. ”އަޅުގަނޑުމެން މިކަން ރިޕޯޓުކުރިން މެރިން ޕޮލިސް އަދި ކަމާބެހޭ އެހެން ފަރާތްތަކަށް. ސީލު ނުކެނޑި ހުރި ކެމިކަލް ޓައްޕުވެސް ހުރި،“ އޭނާ ވިދާޅުވިއެވެ.
”ދެވަނަ ރިޕޯޓު ލިބުނީ ދެ ހަފުތާ ފަހުން. ކުޑަ ހުރާ ކައިރިން މޭ 5 ގައި މަސް މަރުވަމުން ލައްވާ ކަމުގެ ރިޕޯޓު. އެސަރަޙައްދުން މަހާއި ކަކުނިވެސް މަރުވެފައި ހުރި، މިއީ ކުރިން ބުނި ކަންތަކާ ވަކިން ހިނގި ހާދިސާއެއް. ސަބަބެއްކަމަށް ވުން އެކަށީގެންވޭ އެލްގަލް ބްލޫމް،“ އޭނާ އިތުރަށް ކިޔައިދެއްވިއެވެ.
އީއާރްއޭ އިން މޭ 7 ގައި ފީލްޑް އިންސްޕެކްޝަން ތަކެއް ކުރިއަށް ގެންދިޔައެވެ. ޓެސްޓުތައް މިހާރުވެސް ކުރަމުންދަނީއެވެ. އަދި އަސަރުކޮށްފައިވާ ސަރަޙައްދުގެ ދިރުންތައް ދަނީ މޮނީޓަރކުރަމުންނެވެ.
ރިފްޢަތު ވިދާޅުވީ މިދެހާދިސާގެ މެދުގައި ގުޅުމެއް އޮތްކަމަށް އަދި ނުފެންނަ ކަމަށާއި، ނަމަވެސް ގުޅުމެއް އޮވެދާނެ ކަމަށްވެސް ހުށިޔާރުވެ، ބަލަމުންދާ ކަމަށެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
