ހަތް އަހަރުވާންދެން ވެލާކަހަނބުގެ އާދައުޅުންތައް ބަލައިގެން އެނގުނީ ކޮން ކަންކަމެއް؟
ކަހަނބު މަދުވަމުންދިޔަސް ވާވޮށި ވެލާ ފެންނަލެއް ގިނަވަމުން އެބަދޭ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ވެލާކަހަނބުގެ ތާރީޚް

ދިވެހިރާއްޖޭގެ އެކިކަންކޮޅުގައި ވެލާކަހަނބު ބިސްވަޅުތައް

ފާހަގަވީ ކޮން ކަންކަމެއް؟

ދެރަ ޚަބަރު: އެންމެ ކަންބޮޑުވަނިވި ކަމެއްގެ ގޮތުގައި ފާހަގަވީ ކަހަނބު މަދުވަމުންދާ ކަމެވެ. އެންމެ ގިނައިން ފެންނަ އެއް ބާވަތަކީ ކަހަނބު ނަމަވެސް، 7 އަހަރުގެ ތެރޭގައި ރެކޯޑުކުރެވިފައި ވަނީ އެންމެ 50 ކަހަނބު ބިސްވަޅެވެ. މިއީ 1980 އަދި 1990 ގެ އަހަރުތަކުގައި ފެނުނު އެތައް ސަތޭކަ ކަހަނބު ބިސްވަޅާ ބަލާފައި ބޮޑު ދަށްވުމެކެވެ. 2022 ގެ ނޭޝަނަލް ރެޑް ލިސްޓުގައި - ކްރޓިކަލީ އެންޑޭންޖަރޑް ދިރުމެއްގެ ގޮތުގައި ކަހަނބު ހިމަނައި ލިސްޓުކޮށްފައި ވެއެވެ.
އުފާވެރި ޚަބަރު: އައު ވައްތަރެއްގެ ވެލާކަހަނބެއް ދިވެހިރާއްޖެއަށް ބިސް އަޅަން ފަށައިފިއެވެ. އެއީ ވާވޮށި ވެލައެވެ. ދިރާސާގައި 14 ވާވޮށި ވެލާ ބިސްވަޅު ފެނިފައިވެއެވެ. މިއީ ރާއްޖެއިން މިބާވަތް ފެނުނުކަން ރެކޯޑުކުރި ފުރަތަމަ ފަހަރެވެ. ވާވޮށި ވެލައަކީ ގްރޫޕް ގްރޫޕަށް އެކުގައި އަރާ ބިސް އަޅާ ބާވަތެއް ނަމަވެސް، ރާއްޖެއިން ފެނިފައިވަނީ ވަކި ވަކި ބިސްވަޅެވެ. މިއީ ވާވޮށި ވެލާގެ އާބާދީ އިންޑިޔާ ކަނޑުގައި ރަނގަޅުވަމުންދާ ކަމުގެ ނިޝާނެކެވެ.
އެންމެ ގިނައިން ދިވެހިރާއްޖޭގައި ފެންނަނީ ވެލާ ބިސްވަޅެވެ. ދުނިޔޭގެ އެކި ކަންކޮޅުގައި ވެލާގެ އާބާދީ ރަނގަޅުވަމުން އައި ނަމަވެސް ރާއްޖޭގައި އެސޮރުމެންނަށް އަދިވެސް ނުރައްކާ ބޮޑެވެ. 16 އަތޮޅުން ވެލާ ބިސްވަޅު ފެނިފައިވެއެވެ. އެންމެ ގިނައިން ފެންނަނީ މާޅޮސްމަޑުލު ދެކުނު ބުރިއާއި، ހައްދުންމައްޗާއި، ފާދިއްޕޮޅު (ޅ) އަދި މިލަދުންމަޑުލު ދެކުނު (ނ) އިންނެވެ. ވެލާ އެންމެ ގިނައިން ބިސްއަޅާން އަރަނީ ޖޫން އާއި އޯގަސްޓް މަހާ ދެމެދުގައެވެ. އެހެންނަމަވެސް އެހެން ހުރިހާ ދުވަސްވަރެއްގައިވެސް އެސޮރުމެން ބިސް އަޅައެވެ. އެހެންވީމާ ވެލާކަހަނބު ބިސްއަޅާ ތަން އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް ދުށުމުގެ ނަސީބު ދިރާސާވެރިންނަށް ދިވެހިރާއްޖޭގައި ލިބެއެވެ. މިދިރާސާގައި 44 ބިސްއަޅާ ވެލާ އައިޑެންޓިފައި ކުރެވުނެވެ. އޭގެތެރެއިން 5 ވެލާ އެއް ސީޒަނަށްވުރެ ގިނަ ސީޒަންގައި ބިސްއަޅާން އަރާފައި ވެއެވެ. ބިސްއަޅާން އެރުމަކީ ހަކަތައާއި ޖޯރު ބޭނުންވާ ޙަރަކާތެއްކަމުން، އެކަމަށް ވެލާކަހަނބު ޖިސްމާނީ ގޮތުން ތައްޔާރުވެ އެވެ. އެކަމަށް ވަގުތު ބޭނުންވެއެވެ. ވެލާ ބިސްއަޅަނީ ޢާންމުކޮށް ކޮންމެ ތިން އަހަރު ދުވަހަކުންނެވެ.
ވެލާކަހަނބު ބިސްވަޅުތަކަށް ހުރި ނުރައްކާތަކަކީ ކޮބާ؟

ދެންވާންވީ ކިހިނެއް؟

މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ

